މިފްކޯ

މިފްކޯ އިން ކިއްސަރު ފެއާގައި ބައިވެރިވެއްޖެ

Feb 20, 2016

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސްޓޯލެއް ކިއްސަރު ފެއާގައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އައްޑޫގައި ކުރިއަށްދާ ކިއްސަރު ފެއާގައި މިފްކޯއިން ބަހައްޓާފައިވާ ސްޓޯލާބެހޭ ގޮތުން އެ ކުންފުނިން ބުނީ، އެ ކުންފުނީގެ ސްޓޯލަށް އާއްމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

"... މިފްކޯގެ ސްޓޯލުން ދަނީ އައްޑޫގެ ސިޓީގެ ޒުވާނުންނަށް ހުޅުމީދޫ މަސް ފެކްޓްރީގައި ހުރި ވަޒީފާގެ ފުރުސަތުތައް ހިއްސާކޮށް، މިވަގުތު ފެކްޓްރީއަށް ބޭނުންވާ ޓެކްނިކަލް ސްޓާފުން ނެގުމުގެ މަސައްކަތް ކުރަމުންނެވެ." މިފްކޯއިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ މި ފެއާގައި ނަގާ ކުންފުނިންނަށް މިފްކޯގެ ތިން ފެކްޓްރީގައި މަސައްކަތްކޮށް، ތަޖުރިބާ ހޯދުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

ރާއްޖޭގެ މަސްވެރިކަމުގެ މައި ކުންފުނި، މިފްކޯއަކީ ގިނަ އަދަދެއްގެ ޒުވާނުން އުޅޭ ކުންފުންޏެކެވެ.