ފިނިޕޭޖް

އާރިއާނާ ގްރާންޑޭ ރަސްމީކޮށް ވަރިވެއްޖެ

އާރިއާނާ ގްރާންޑޭ އާއި ޑެލްޓަން ގޮމޭޒް
0%
0%
0%

ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭގެ ވަރީގެ ކޭސް ނިމި، ރަސްމީކޮށް ވަރިވެއްޖެ އެވެ.

އުމުރުން 30 އަހަރުގެ އާރިއާނާ، ފިރިމީހާ ޑެލްޓަން ގޮމޭޒް، 28، ކިބައިން ވަރިވާން އެދުނުކަމަށް މީޑިއާތަކުން ރިޕޯޓްކުރީ މިދިޔަ މަހު 18 ގައެވެ.

ޓީއެމްޒީއިން ބުނިގޮތުގައި ދެމަފިރިން ދުރުވިކަމަށް ބަޔާންކޮށްފައިވާ ތާރީހަކީ ފެބްރުއަރީ 20، 2023 އެވެ.

އާރިއާނާ އާއި ޑެލްޓަން ޕްރިނަޕްޝަލް އެގްރީމަންޓް ނޫނީ ކައިވެނީގެ ކުރިން އެއްބަސްވުމެއް ހަދާފައިވާތީ އާއި ދެފަރާތުގެ މާބޮޑެތި ހިޔާލުތަފާތުވުންތަކެއް ނޫޅޭތީ މި ކޭސް ވަނީ ވަރަށް އަވަހަށް ނިމިފަ އެވެ.

އާރިއާނާ ގްރާންޑޭ އާއި އީތަން ސްލޭޓާ

ޓީއެމްޒީއިން ބުނީ މި ދެމަފިރިންގެ ވަރީގެ ކޭސް ނިމުމުން ޕްރިނަޕްޝަން އެގްރީމަންޓާ އެއްގޮތުން އާރިއާނާ 1.25 މިލިއަން ޑޮލަރު ޑެލްޓަން އަށް އެއްފަހަރާ ދައްކާނެ އެވެ. މިއީ ޓެކްސް ފްރީ ޕޭމަންޓެކެވެ.

މީގެއިތުރުން އާރިއާނާ އާއި ޑެލްޓަން ދިރިއުޅުނު ލޮސް އެންޖެލިސްގައި ހުރި ގެ ވިއްކާލުމަށްފަހު ދެބައިކުޅަ އެއްބައި ޑެލްޓަން އަށް ދީ، އޭނާގެ ވަކީލުންގެ ފީ ކަމުގައިވާ 25،000 ޑޮލަރު ދޭންޖެހެ އެވެ. ދެފަރާތުން އެއްބަސްވި މި މާއްދާތަކަށް ޣާޒީގެ ސޮއިކުރުން އަދި ބާކީ އެބައޮތެވެ.

ޑެލްޓަން އަކީ ލަގްޒަރީ ރިއެލް އިސްޓޭޓް އޭޖެންޓެކެވެ. އާރިއާނާ އާއި ޑެލްޓަން ލޯބީގެ ގޮތުން ގުޅުނީ 2020ގެ ކޯވިޑް-19ގެ ލޮކްޑައުން ދުވަސްވަރު އެވެ. އަދި ކައިވެނިކުރީ މޭ 17، 2021 ގައެވެ. ވަރިއަށް އެދުމަށްފަހު، އާރިއާނާގެ "ވިކެޑް"ގެ ކޯ-ސްޓާ އީތަން ސްލޭޓާއާ އެކު ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށް ވަރަށް ބޮޑަށް އަޑުއަރާފައިވެއެވެ. އީތަން ވެސް ވަނީ އަނބިމީހާ ގާތުން ވަރިވާން އެދިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910