ފިނޭންސް މިނިސްޓްރީ

ފެނަކަ އާއި މިފްކޯގެ ލޯނަކަށް ސަރުކާރުން ގެރެންޓީ ދީފި

ފެނަކަ ކޯޕަރޭޝަނާއި މިފްކޯ އިން ނަގާފައިވާ ލޯނަކަށް ސަރުކާރުން ގެރެންޓީ ދީފި އެވެ.

މިފްކޯ އިން ލޯން ނަގާފައިވަނީ 8.89 ޕަސަންޓް އިންޓަރެސްޓް ރޭޓުގައި 150 މިލިއަން ރުފިޔާގެ ލޯނެކެވެ. މިއަހަރުގެ ޖޫން 19 ވަނަ ދުވަހު ނަގާފައިވާ ލޯން ދައްކަންޖެހެނީ 2028 ވަނަ އަހަރުގެ ނިޔަލަށެވެ.

ފެނަކަ ކޯޕަރޭޝަނުން ލޯން ނަގާފައިވަނީ 5.1 ޕަސަންޓް ރޭޓުގައި 200 މިލިއަން ރުފިޔާގެ ލޯނެކެވެ. މިއަހަރުގެ ޖޫން 20 ވަނަ ދުވަހު ނަގާފައިވާ ލޯން ދައްކަންޖެހެނީ 2026 ވަނަ އަހަރުގެ ނިޔަލަށެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ދަރަނި އަދާކުރުމަށް 2.1 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާފައިވާ 7.4 ބިލިއަން ރުފިޔާގެ ލޯނަށް މިދިޔަ އަހަރުވެސް ސަރުކާރުން ގެރެންޓީ ދީފައިވެ އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ދަރަނީގެ ހާލަތު މުޅިން ސާފުވެފައި ނެތް ނަމަވެސް އެ އަދަދު 34 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އިދިކޮޅު ޕާޓީ ތަކުގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.