ރައްޔިތުންގެ މަޖިލިސް

އީސީގެ މެންބަރު ކަމަށް އަލުން ނަޝާތު އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) މެމްބަރު ކަމަށް އިތުރު ދައުރަކަށް އއ. ފެރިދޫ، ހާލި، އަލީ ނަޝާތު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

މިއަދު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި 11 މެންބަރުންގެ ތެރެއިން އަށް މެންބަރުން ވަނީ އީސީގެ މެންބަރު ކަމުގެ އިތުރު ދައުރަކަށް ނަޝާތު އައްޔަންކުރަން ފެންނަ ކަމަށް ތާއީދުކޮށް ވޯޓު ދެއްވާފަ އެވެ.

އީސީގެ މެންބަރު ކަމަށް ނަޝާތު އައްޔަންކުރުމުގެ ކުރިން އޭނާއާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ ޝަކުވާ ހުށަހެޅުމަށްވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު މެންދުރުފަހު 2:00ގެ ނިޔަލަށް ފުރުސަތު ހުޅުވާލި އެވެ.

އީސީގެ މެންބަރު ކަމުގައި ނަޝާތު ހުންނަވަނިކޮށް އޭނާގެ ދައުރު ހަމަވީ ނިމިގެނ ްރިޔާސީ އިންތިހާބަށް 47 ދުވަހަށް ވެފައިވަނިކޮށް މިދިޔަ ޖުލައި 25 ވަނަ ދުވަހު އެވެ.

އީސީގެ މެންބަރު ކަމަށް ނަޝާތު އެންމެ ފުރަތަމަ އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިިކަމުގައި ޖުލައި 25، 2018 ގައެވެ.

އީސީގެ މެމްބަރުކަމަށް ނަޝާތު އަލުން އައްޔަނުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެނާގެ ރައްޔިތުންގެ މަޖިލީހަށް މިދިޔަ ފޮނުއްވީ މިދިޔަ މެއި 29 ވަނަ ދުވަހު އެވެ.

ނަޝާތުގެ ދައުރު ހަމަވުމާއެކު އީސީގައި ތިބެންޖެހޭ ފަސް މެންބަރުންގެ ތެރެއިން މިވަގުތު ތިބީ ހަތަރު މެންބަރުންނެވެ.