މަސްތުވާތަކެތި

ތިލަފުށީގައި ބަނގުރާ ވިއްކަމުން ދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި

ތިލަފުށީގައި ބަނގުރާ ވިއްކުމުގެ ތުހުމަތުގައި ބިދޭސީ އަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މި އޮޕަރޭޝަން ހިންގީ ތިލަފުށީގައި ބިދޭސީން ބަނގުރާ ގެންގުޅެ ވިއްކާ ކަމަށް ތިލަފުށި ޕޮލިހަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.

ބިދޭސީ މީހާ ހައްޔަރުކޮށް އޭނާ ގެންގުޅުނު ފޮށިގަނޑުތައް ބަލައި ފާސްކުރިއިރު ތިންފުޅި ބަނގުރާ އަދި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 107 ފުޅި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެ އެވެ.