އެސްޓީއޯ

ފަލަސްތީނަށް އެހީވުމަށް އެސްޓީއޯ ގުރޫޕުން އެއް މިލިއަން ރުފިޔާގެ އެހީ ދީފި

ފަލަސްތީންގެ ގާޒާއަށް އެހީވުމަށް ދިވެހިރާއްޖެއިން ހިންގާ ކެމްޕޭނަށް އެސްޓީއޯ ގްރޫޕުން އެއް މިލިއަން ރުފިޔާގެ އެހީ ދީފި އެވެ.

މުސްލިމުންގެ މުގައްދަސް އެއް ބިން ކަމަށްވާ ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ހައްދުފަހަނައެޅި އަސްކަރިއްޔާ އިން ގެންދަނީ ލާއިންސާނީ އެތައް ހަމަލާތަކެއް ދެމުންނެވެ.

މިހަމަލާތަކާ ގުޅިގެން ފަލަސްތީންގެ އެތައް ރައްޔިތަކު ހާލުގައި ޖެހި ބިކަވެފައިވާއިރު އެ ރައްޔިތުންނަށް އެހީވުމަށް ދިވެހި ރައްޔިތުން ގެންދަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.
'
އެސްޓީއޯ އިން ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ ހައިސިއްޔަތުން ދިވެހި ރައްޔިތުންގެ މި ހަރަކާތުގައި އެސްޓީއޯ ގްރޫޕްގައި ހިމެނޭ، އެސްޓީއޯ، މިފްކޯ، އެލައިޑް އިންޝުރަންސް، މޯލްޑިވްގޭސް،އެމްއެސްއެސް އަދި އެފްއެސްއެމްއިން ތިބިކަން ޔަގީންކޮށް އަރުވާ ކަމަށެވެ.

އެސްޓީއޯ އިން ދިން އެއް މިލިއަން ރުފިޔާގެ އެހީ މިއަދު ހަވާލުކުރީ "އަހަރުމެން ފަލަސްތީނާއެކު" މިނަމުގައި މިއަދު ކުރިއަށް ގެންދާ ހާއްސަ ޓެލެތޯން ގައެވެ.

އެސްޓީއޯ ގުރޫޕްގެ ފަރާތުން އެހީ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު އެވެ.