ފިނިޕޭޖް

ޑްރޭކްގެ ކޮންސަޓަށް ދިޔަ މީހަކަށް މާސިޑީޒް-ބެންޒް ކާރެއް

ޑްރޭކް އޭނާގެ ދަރިފުޅު އެޑޮނިސް އާއެކު
0%
0%
0%

ރެޕާ ޑްރޭކް އަކީ ކޮންސަޓްތަކުގައި ހީނުކުރާ އަދި އަގު ބޮޑެތި ހަދިޔާ ފޭނުންނަށް ދޭ މީހެކެވެ.

އެގޮތުން ޑްރޭކްގެ "އިޓްސް އޯލް އަ ބްލާ" ޓުއާ މިހާރު ކުރިއަށްދާއިރު ދެ މަސް ތެރޭގައި އޭނާގެ ކޮންސަޓަށް ދިޔަ ނަސީބުވެރިންނަށް ދިން ހަދިޔާތަކުގެ ތެރޭގައި އާމީސްގެ ބާކިން ބޭގެއް، ޝެނޭލް ބޭގެއް، 50،000 ޑޮލަރު ތަފާތު ދެ ފޭނަކަށް ދިނުން، ޑްރޭކްގެ ޝޯއަށް މަތިންދާ ބޯޓުގެ ފަސްޓް ކްލާސް ޓިކެޓެއްގައި ގެންގޮސް 10،000 ޑޮލަރު ހަރަދު ކުރުމަށް ދިނުން، ހަނީމޫންއަށް ޓާކްސް އެންޑް ކައިކޯސްއަށް ފޮނުވުމާއި، މަލްޓިޕަލް ސްކެލެރޯސިސް ޖެހިފައިވާ މީހަކަށް ފޯރުކޮށްދެވޭނެ އެންމެ މޮޅު ސިއްހީ ފަރުވާގެ ހަރަދުތައް ދައްކައިދޭނެ ކަމަށް ވައުދުވުން ހިމެނެ އެވެ.

މާސިޑީޒް-ބެންޒް ޖީ ވޭގަން ކާރެއް

މިފަހަރު ޑްރޭކް ދިނީ މާސިޑީޒް-ބެންޒް ޖީ-ވެގަން ކާރެކެވެ. ޑްރޭކް ހަދިޔާކުރަނީ މި ކާރުގެ ކޮންވައްތަރެއް ކަމެއް އަދި އެނގިފައި ނުވާއިރު މާސިޑީޒް ވެބްސައިޓްގައި މި ކާރުގެ އެންމެ އާދައިގެ މޮޑެލްގެ އަގު އުޅެނީ 139،900 ޑޮލަރަށެވެ.

އެހެން ފަހަރުތަކުގައި ޑްރޭކް ހަދިޔާ ދެނީ އޭނާ އޯޑިއަންސް ތެރެއިން ހޮވާލާ ފޭނުން ނޫނީ ޑްރޭކްގެ ސަމާލުކަން އަތުލައިގަންނަ އާދަޔާ ހިލާފު މެސެޖެއް ލިޔެފައިވާ ސައިން ބޯޑެއް ހިފައިގެން ހުންނަ މީހުންނެވެ. ނަމަވެސް މިފަހަރު ޑްރޭކް ދޭ ކާރުގެ ނަސީބުވެރިޔާ ހޮވީ ކޮންސެޓަށް ގޮސްފައިތިބި މީހުންގެ ޓިކެޓް ނަންބަރު ގުރުއަތު ލައިގެންނެވެ. އެގޮތުން މާސިޑީޒް-ބެންޒް ޖީ-ވެގަންގެ ނަސީބުވެރިއަކަށް ހޮވުނީ ޓިކެޓް ނަމްބަރު 17482 އެވެ.

މި މަހު ކުރީކޮޅު ޑްރޭކްގެ އަށްވަނަ ސްޓޫޑިއޯ އަލްބަމް "އޯލް ދަ ޑޯގްސް" ރިލީޒްކުރުމަށްފަހު ޑްރޭކް ވަނީ އޭނާގެ ސިއްހަތަށް ސަމާލުކަން ދިނުމަށް ބްރޭކެއް ނަގާނެ ކަމަށް ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910