ފިނިޕޭޖް

ލިއަމްއަށް ހަ މަސް ވަންދެން ކާރު ދުއްވުން މަނާ

ލިއަމް ޕޭން
0%
0%
100%

"ވަން ޑައިރެކްޝަން"ގެ ލިއަމް ޕޭންއަށް ހަމަސް ދުވަސް ވަންދެން އިނގިރޭސިވިލާތުގައި ކާރު ދުއްވުން މަނާކޮށްފި އެވެ.

ލިއަމްއަށް ކާރު ދުއްވުން މަނާކުރީ މިދިޔަ ފެބްރުވަރީ މަހު ހުޅަނގު ލަންޑަންގައި ގަޑިއިރަކަށް 30 މޭލުގެ ބާރުމިނުގައި ދުއްވަން ޖެހޭ ޒޯނެއްގައި 43 މޭލުގެ ބާރުމިނުގައި ކާރު ދުއްވާފައިވާތީ އެވެ.

މި ކުށާ ގުޅިގެން ލެވެންޑާ ހިމް މެޖިސްޓްރޭޓް ކޯޓުން ވަނީ ލިއަމް ހަމަސް ދުވަހަށް ކާރު ދުއްވުން މަނާ ކުރުމުގެ އިތުރުން 293 ޕައުންޑްގެ ޖޫރިމަނާއަކާއި 207 ޕައުންޑްގެ އިތުރު ޖޫރިމަނާއެއް ދައްކަން އަމުރުކޮށްފަ އެވެ.

ލިއަމް ވަނީ ކޯޓަށް މައާފުގެ ސިޓީއެއް ލިޔެ، އޭނާއަށް ސްޕީޑް ލިމިޓަށްވުރެ މަތިން ދުއްވުނީ އޮޅިގެން ކަމަށް ބުނެފަ އެވެ.

ލިއަމް ވަނީ އޭނާގެ ކިޑްނީގައި އިންފެކްޝަނެއް ހުރެގެން މިދިޔަ އޮގަސްޓް މަހު ދެކުނު އެމެރިކާގައި ބާއްވަން އުޅުނު ޓުއާ ވެސް ކެންސަލްކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910