އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ނިންމާ ތައްޔާރީތައްވާން ފަށައިފި އެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގަ އެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ދުވަހު ޖުމްހޫރީ މައިދާނުގަ އެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވާން ބޭނުންވާ ބައިނަލްއަގުވާމީ މީޑިއާތަކަށް އެ ދައުވަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ދީފައިވާއިރު ދަތުރުފަތުރާއި ހުރުމާއި ކެއުން ހަމަޖައްސަންޖެހޭނީ އެ މީޑިއާއަކުން ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.
މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުމުގެ ކަންކަން ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދަނީ އިންތިހާބީ ރައީސްގެ އޮފީހާއި ރައްޔިތުންގެ މަޖިލިސް އަދި އެމްއެންޑީއެެފް ގުޅިގެންނެވެ.