ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން މާސްޓަކާޑުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓަކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މާސްޓަކާޑުގެ ޑެބިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ޕްރޮމޯޝަންގެ މުއްދަތުގައި 2،500 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކޮށްގެން 500 ރުފިޔާ އާ ހަމައަށް ވައުޗަރު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މާސްޓަކާޑުގެ ކްރެޑިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ޕްރޮމޯޝަންގެ މުއްދަތުގައި މާސްޓަކާޑު ބޭނުންކޮށްގެން 3،000 ރުފިޔާއާ ހަމައަށް ހަދާ ޓްރާންސެކްޝަންތަކަށް 600 ރުފިޔާގެ ވައުޗަރު ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ ކުރިއަށް އޮތް ނޮވެމްބަރު 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބީއެމްއެލް އިން މާސްޓަކާޑު ތައާރަފްކުރީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.