މިނިސްޓްރީ އޮފް އެޑިއުކޭޝަން

ރަކީދޫ ސެޓްލައިޓް ސުކޫލުގައި ކިޔަވައިދޭން ފަށައިފި

ވ. ރަކީދޫގައި ހަދާފައިވާ ސެޓްލައިޓް ސުކޫލުގެ ކިޔެވުން ތިން ދަރިވަރުންނާ އެކު މިއަދު ރަސްމީކޮށް ފަށައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނީ ރަކީދޫ ސުކޫލުގައި ކިޔަވައިދޭން ފެށުމާ އެކު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް މިހާރު ކިޔަވައިދޭނެ ސްކޫލުތައް ހުންނާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރާއްޖޭގެ ހަ ރަށެއްގައި ސެޓްލައިޓް ސުކޫލް ގާއިމުކޮށްފަ އެވެ. އެއީ ވ. ރަކީދޫގެ އިތުރުން ބ. ފެހެންދޫ، ބ. ފުޅަދޫ، ވ. ތިނަދޫ، އދ. ދިއްދޫ އަދި ގއ. ކޮނޑޭ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އޮންލައިންކޮށް ކުރިއަށް ގެންދާ އޮންލައިން ކްލާސްތަކާއި ސެޓަލައިޓް ކުލާސްތަކުގައި ބޮޑު ތަފާތެއް ހުންނާނެ ކަމަށެވެ. އެގޮތުން ސެޓަލައިޓް ސްކޫލުތަކުގައި ވީޑިއޯ އާއި ވެބިނާތަކާއި ލައިވްސްޓްރީމްތައް ކުރިއަށް ގެންދާނީ ދަރިވަރުން ޝައުގުވެރިވާ ގޮތަށް ފަހުގެ އުކުޅުތަކާއި ވަސީލަތްތައް ބޭނުންކޮށްގެންނެ އެވެ.

ސެޓެލައިޓް ސްކޫލު ހަދާފައިވާ ރަށްތަކަކީ އެ ރަށްތަކުގައި ތައުލީމު ހާސިލްކުރަން ތިބި ދަރިވަރުންގެ އަދަދު މަދުވުމުން އެކަށީގެންވާ އަދަދަށް ކުދިން ނެތް ރަށްރަށާއި ރަނގަޅު ފެންވަރުގެ ސްކޫލެއް ވެސް ނެތް ރަށްތެކެވެ.