އަލީ ސީޒަން

މަޖިލިސް އިންތިހާބުގައި ތުލުސްދޫ ދާއިރާއަށް ސީޒަން ވާދަކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ކަމަށް ކުރިމަތިލުމަށް މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން ނިންމައިފި އެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކަމަށް ސީޒަން އިއުލާންކޮށްފައި މިވަނީ ފިލްމީ ދާއިރާ އިން "ބްރޭކެއް" ނެގި ކަމަށް ބުނިތާ މާގިނަ ދުވަހެއް ނުވަނީހެވެ.

ސީޒަން މިއަދު ބުނީ އޭނާ މަޖިލިސް އިންތިހާބުގައި ވާދަކުރާނީ ޕީޕީއެމް ޕީއެންސީ ޓިކެޓްގައި ކަމަށެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ތުލުސްދޫ ދާއިރާއަށް މެންބަރަކު ހޮވާއިރު އެ ދާއިރާގައި ހިމެނޭނީ ތުލުސްދޫއާއި ދިއްފުށްޓެވެ.

ސީޒަން މިއަދު ބުނި ގޮތުގައި ދިއްފުށި އަދި ތުލުސްދޫގެ ރައްޔިތުންނަކީ އޭނާއާ މިހާރު ވަރަށް ގާތް ބައެކެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި މުއިއްޒު ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން މަސައްކަތްތަކުގައި އަމަލީގޮތުން މަސައްކަތް ކޮށްފަ އެވެ.