ފިނިޕޭޖް

ގްވެން ސްޓެފާނީއަށް ހޮލީވުޑް ވޯކް އޮފް ފޭމްގައި ތަރިއެއް

ލަވަކިޔުންތެރިޔާ އަދި "ދަ ވޮއިސް" ގެ ކޯޗް ގްވެން ސްޓެފާނީ 54، އަށް ހޮލީވުޑް ވޯކް އޮފް ފޭމްއިން ތަރިއެއް ލިބިއްޖެ އެވެ.

ގްވެން އަށް މި ޝަރަފް ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު އޮތް ހަފްލާއެއްގަ އެވެ.

ގްވެންއާ އެކު ފިރިމީހާ އަދި ލަވަކިޔުންތެރިޔާ ބްލޭކް ޝެލްޓަން އާއި ގްވެންގެ ތިން ކުދިން ބައިވެރިވި އެވެ.

މި ހަފްލާގައި ބްލޭކް ވަނީ ގްވެންގެ ލޮލުން ކަރުނަ ފައިބާވަރުގެ އަސަރުގަދަ ސްޕީޗެއް ދީފަ އެވެ.

ބްލޭކް ބުނީ ގްވެންއާ ދިމާވިތާ ގާތްގަނޑަކަށް 10 އަހަރު ވީއިރު، ގްވެންއަށް އެންމެ މުހިއްމީ ރަނގަޅު މަންމައަކަށް ވުން ކަމަށާއި މިއުޒިކްގެ ވިޔަފާރީގައި އެއީ ވަރަށް ނާދިރުކަމެއް ކަމަށެވެ. އެގޮތުން ގްވެންގެ ސައިޑް ޕްރޮޖެކްޓަށް ހޮލީވުޑް ވޯކް އޮފް ފޭމްއިން ތަރިއެއް ލިބުމުގެ ޝަރަފް ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

ބްލޭކްއަށްވެސް ވަނީ މިދިޔަ މޭ މަހު ހޮލީވުޑް ވޯކް އޮފް ފޭމްއިން ތަރިއެއް ލިބިފަ އެވެ.

ގްވެން ފުރަތަމަ ކައިވެނިކުރީ ބުޝްގެ ލީޑް ލަވަކިޔުންތެރިޔާ ގެވިން ރޮސްޑޭލްއާ އެވެ. މި ކައިވެންޏަށް ތިން ކުދިން ލިބިފައިވެ އެވެ. އޮގަސްޓް 2015 ގައި ގްވެން ވަނީ ވަރިވާން އެދިފަ އެވެ. ގްވެން އާއި ބްލޭކް ލޯބީގެ ގޮތުން ގުޅުނުކަމަށް އިއުލާންކުރީ ނޮވެމްބަރު 2015 ގައެވެ. އޮކްޓޯބަރު 27، 2020 ގައި އެންގޭޖް ވުމަށްފަހު، މި ދެ ލޯބިވެރިން ވަނީ ޖުލައި 3، 2021 ގައި ކައިވެނިކޮށްފަ އެވެ.