ރައްޔިތުންގެ މަޖިލިސް

ކޯރަމް ހަމަނުވުމުން ޖަލްސާ ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަނުވުމުން ޖަލްސާ ނިންމާލައިފި އެވެ.

މަޖިލީހުގެ ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާ ނިންމާލިކަން އިއުލާނު ކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

"މިއަދުގެ ޖަލްސާ ފެށުމަށް ކޯރަމް ބެލް ޖެހުމަށްފަހުވެސް ގާނޫނީ އަދަދު ހަމަނުވާތީ އަޅުގަނޑު މިއަދުގެ ޖަލްސާ މިއަދު ދެން ނިންމާލީ،" އީވާ ވިދާޅުވި އެވެ.

ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާ ނިންމާލިއިރު މިއަދުގެ ޖަލްސާއަށް ވަނީ މިއަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުން އެޖެންޑާކޮށްފަ އެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހުށަހަޅުއްވާފައިވާ ބިލުގެ އިބްތިދާއީ ބަހުސް ވެސް އެޖެންޑާކޮށްފައިވެ އެވެ.