ފިނިޕޭޖް

އަރްމާން މަލިކް އެންގޭޖްވެއްޖެ

އިންޑިއާގެ ލަވަކިޔުންތެރިޔާ އަރްމާން މަލިކާއި ލޯބިވެރިޔާ އާޝްނާ ޝްރޮފް އެންގޭޖްވެއްޖެ އެވެ.

އެންގޭޖްމަންޓް ހަފްލާގެ ފޮޓޯތައް އަރްމާން އާއި އާޝްނާގެ ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ވަނީ އާންމުކޮށްފަ އެވެ.

ރަށްޓެހިވެގެން އުޅޭތާ ހަ އަަހަރު ފަހުން ދެ މީހުން އެންގޭޖްވި ނަމަވެސް ކައިވެނިކުރާނެ ވަކި ތާރީހެއް އަދި އިއުލާންކޮށްފައެއް ނުވެ އެވެ.

ރާއްޖޭގައިވެސް ކުރިން ޝޯއެއް ދީފައިވާ އަރްމާން އަކީ ލަވަކިޔުންތެރިއެއްގެ އިތުރުން މިއުޒިކް ޑައިރެކްޓަރެކެވެ.

އުމުރުން 28 އަހަރުގެ އަރްމާން އަކީ އިންޑިއާގައި ވަކިން ހާއްސަކޮށް ބޮލީވުޑްގައި އެންމެ ނުފޫޒުގަދަ މީހުންގެ ތެރޭގައި ހިމެނޭ އަނޫ މާލިކަށް ބޮޑުބޭބެ ކިޔާ މީހެކެވެ.