ފިނިޕޭޖް

ޓައިލާ ކޮއެނޫރް ކައިވެނިކޮށްފި

ޓައިލާ ކޮއެނޫރް އާއި މިއާ ޒަރެއްލާގެ ކައިވެނި ހަފްލާގެ ތެރެއިން
0%
0%
0%

ރޮކް ގްރޫޕެއް ކަމަށްވާ -- ރޯޔަލް ޝުގާގެ ލަވަ ކިޔުންތެރިޔާ ޓައިލާ ކޮއެނޫރް ކައިވެނިކޮށްފި އެވެ.

ޓައިލާ، 29، މިއާ ޒަރެއްލާ، 27، އާ ކައިވެނިކުރީ މިދިޔަ ހޮނިހިރު ދުވަހު ނޭޝްވިލްގެ ދަ ހަމިޓޭޖް ހޮޓެލް ގައެވެ.

އައިވަރީ ހުދުކުލަ އާއި އެމެރަލްޑް ފެހި ކުލައިގެ އިޓަލީގެ ތީމަކަށް ބޭއްވި ކައިވެނީގެ މި ހަފްލާގައި 80 މެހެމާނުންނާއި އާއިލާގެ މެންބަރުން ބައިވެރިވި އެވެ.

ކައިވެނިކުރުމަށް މިއާ ލައިގެން ހުރީ ސޭރާ ސެވަންގެ ރޮޒާނާ ވެޑިން ޑްރެސް އެކެވެ. މި ހެދުމަކީ ނެޓް ދިގު އަތަކާއެކު ހުދު ކުލައިގެ ސެޓިން ފޮތިން ގަޔަށް ހިފާފައިހުރި ވަރަށް ސާދާކޮށް ހަދާފައިވާ ރީތި ހެދުމެކެވެ.

މި ހެދުމާއެކު މިއާ، ލޭސް ވޭލްއެއް އަޅާފައިވީއިރު މަނޯލޯ ބަލަހްނިކްގެ ބޫޓަށް އަރާފައިވެ އެވެ. ޓައިލާ ލައިގެން ހުރީ އިންޑިޗައިނޯގެ ކަޅު ވެލްވެޓް ދެ ޖީބު އިންނަ ޓަކްސީޑޯ އެކެވެ.

ޓައިލާ އާއި މިއާ ކޭކް ފަޅަނީ

ޓައިލާ އަކީ ގްލޫޓަން އަދި ލެކްޓޯސްއަށް އެލާޖިކްވާ މީހަކަށް ވުމުން ޕާޓީގައި ކެއުމުގެ އިންތިޒާމު ހަމަޖައްސާފައި ހުރީ އެކި ވައްތަރުގެ ކެއުން ހުންނަ ވަކި ސްޓޭޝަންތަކަކަށެވެ. އަދި ވެޑިން ކޭކަކީ އޭގެ މަތީގައި އެކިވައްތަރުގެ ބެރީތައް އެކުލެވޭ ވެނީލާ ކަސްޓަޑް އާއި ޕޭސްޓްރީ އިން ހަދާފައިވާ ކޭކެކެވެ.

ޓައިލާ އާއި މިއާ ދިމާވީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ޑޭޓިން އެޕެއް މެދުވެރިކޮށެވެ. އެއިރު ޓައިލާ ނޭޝްވިލްގައި މަޑުކުރީ ދަތުރެއްގެ މެދުންނެވެ.

ޓައިލާ ވަނީ އެތައް ދުވަހެއް ފަހުން މިއާއަށް ލިޔުނު ލަވައެއް ކަމުގައިވާ "ޓެލެފޯން ނަމްބާޒް" ވޮއިސް މެސެޖަކުން މިއާ އަށް ފޮނުވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910