އާބަންކޯ

ފަލަސްތީނަށް އެހީވުމުގެ ތިން ހަރަކާތެއް ހުޅުމާލޭގައި

ކުރިއަށް އޮތް ހަފްތާ ބަންދުގައި ފަލަސްތީނަށް އެހީވުމަށް ތަފާތު ތިން ހަރަކާތެއް ހުޅުމާލޭގައި ހިންގުމަށް ހަމަޖެހިފައިވަތީ އެ ހަރަކާތްތަކަށް އެހީތެރިވުމަށް އާބަންކޯ އިން ނިންމައިފި އެވެ.

އެގޮތުން ރޭވިފައިވާ ހަރަކާތްތަކަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ޕާކްގައި "ފަލަސްތީނުގެ ހާލަތާއި މެދު" މިމައުލޫއަށް އިލްމުވެރިންގެ ގުޅުމާއި ހިދުމަތް ޖަމިއްޔާ ގުޅިގެން މިއަދު ހަވީރު ކުރިއަށް ގެންދާ ޕެނަލް ޑިސްކަޝަނަށް އެހީތެރިވުމެވެ.

މޯމްސަ އެންޖީއީ ހިޔާ ސަރަހައްދުގައި މާދަމާ ހިންގުމަށް ހަމަޖެހިފައިވާ ފަންޑް ރައިޒިން އިވެންޓަށްވެސް އެހީތެރިވުމަށް އާބަންކޯ އިން ވަނީ ނިންމާފަ އެވެ.

މީގެއިތުރުން ކޭކް ޑޯނާސް އިން ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފަންޑް ރައިޒިން އިވެންޓްގައިވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އާބަންކޯ އިން ބުނެ އެވެ.

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް އެމީހަކަށް ވެވުނު ވަރަކުން މަސައްކަތް ކޮށްދިނުމަށްވެސް އާބަންކޯ އިން ވަނީ އެދިފަ އެވެ.