އައްޑޫ ސިޓީ ކައުންސިލް

އައްޑޫގައި ޔޮޓް މެރީނާ އަކާއި ކްރޫޒް ޓާމިނަލެއް ހެދުމަށް ބަޔަކާ ހަވާލުކޮށްފި

އައްޑޫ ސިޓީގައި ޔޮޓް މެރީނާ އަކާއި ކްރޫޒް ޓާމިނަލެއް ހެދުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލްގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި މިމަޝްރޫއު ހަވާލުކުރީ އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

އައްޑޫގައި ޔޮޓް މެރީނާ އަކާއި ކްރޫޒް ޓާމިނަލް ހަދައި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

ޔޮޓް މެރީނާއާއި ކުރޫޒް ޓާމިނަލް ހަދަން ނިންމާފައިވަނީ ފޭދޫ އާއި ގަން ހިމެނޭ ގޮތަށެވެ. މިމަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އެއްލައްކަ އަކަފޫޓްގެ ބިމެއް ވަނީ ކަނޑައަޅާފަ އެވެ.

ޔޮޓް މެރީނާ އަކާއި ޓާމިނަލެއް ހެދުމުގެ ވާހަކަތައް 2021 ވަނަ އަހަރުން ފެށިގެން އައްޑޫ ސިޓީ ކައުންސިލުން އަންނަނީ ދައްކަމުންނެވެ.

އައްޑޫ އަށް ކުރިން ވަރަށް ގިނައިން ޔޮޓްތައް ދަތުރުކުރާތީ ޔޮޓް މެރީނާއެއް އައްޑޫގައި ހެދުމަށް މީގެކުރިން ވެސް ބައެއް މަސައްކަތް އެވެ. އޭރުވެސް ކުރި އެވެ. އެ މަޝްރޫއު ކުރިއަށް ގެންދަން ކުރިންވެސް ޕްލޭން ކުރީ ފޭދޫ ގައެވެ. ނަމަވެސް 2009 ވަނަ އަހަރުން ފެށިގެން އައްޑޫ އަށް ޔޮޓްތައް ދިއުން ވަރަށް ބޮޑަށް މަދުވުމުން މަޝްރޫއު ފަހުން އޮތީ މެދުކެނޑިފަ އެވެ.