ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ހުވާ ކުރައްވާ ޖަލްސާގެ ދައުވަތު 3،500 މީހުންނަށް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ދައުވަތު 3،500 މީހުންނަށް ދޭން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނިންމައިފި އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ.

ހުވާ ކުރުމުގެ ޖަލްސާއާ ގުޅޭ ގޮތުން އިންތިހާބީ ރައީސްގެ އޮފީހުގެ ބޭފުޅުންނާއެކު މަޖިލީހުގައި އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މަޖިލީހުގެ އިދާރާއިން ވަނީ ހަތަރު ގައުމެއްގެ އެންމެ އިސްވެރިންނާއި ރާއްޖޭގައި ތިއްބަވާ ގައުމުތަކުގެ ސަފީރުން ހިމެނިވަޑައިގަންނަވާ ގޮތަށް 3،500 ދައުވަތު އަރުވަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބާއްވަނީ މުއިއްޒުގެ އެދިވަޑައިގަތުމަކަށެވެ.

މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުމުގެ ކަންކަން ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދަނީ އިންތިހާބީ ރައީސްގެ އޮފީހާއި ރައްޔިތުންގެ މަޖިލިސް އަދި އެމްއެންޑީއެެފް ގުޅިގެންނެވެ.