ފިނިޕޭޖް

އެމިނެމްގެ "މަމްސް ސްޕެގެޓީ ސޯސް" ފުޅި ވިއްކަން ފަށައިފި

އެމިނެމް އޭނާގެ މަމްސް ސްޕެގެޓީ ރެސްޓޯރަންޓްގައި
0%
0%
0%

ރެޕާ އެމިނެމްގެ މަޝްހޫރު މަމްސް ސްޕެގެޓީ ރެސްޓޯރަންޓްގައި ބޭނުންކުރާ ސްޕެގެޓީ ސޯސް، ފުޅީގައި ބަންދުކޮށް ވިއްކަން ފަށައިފި އެވެ.

މި ހަބަރާއެކު އެމިނެމްގެ ރެޕަކާއެކު ހަދާފައިވާ މަމްސް ސްޕެގެޓީ ސޯސް ފުޅީގެ އިޝްތިހާރެއް އިންސްތަގްރާމްގައި ހިއްސާކޮށްފައި ވެއެވެ.

އިއްޔެ ވިއްކަން ފެށި މަމްސް ސްޕެގެޓީ ސޯސް ފުޅި ލިބެން ހުންނާނީ މަމްސްސްޕެގެޓީ.ކޮމް ސައިޓުންނެވެ. މީގެފުޅިއެއް 13 ޑޮލަރަށް ވިއްކާއިރު ދެ ފުޅި ނަމަ ވިއްކަނީ 25 ޑޮލަރަށެވެ.

މި ސޯސް ފުޅީގައި މަމްސް ސްޕެގެޓީ ރެސްޓޯރަންޓްގައި ސްޕެގެޓީ ހަދާގޮތަށް ފަސޭހަކޮށްދިނުމުގެ ގޮތުން އިރުޝާދުތަކެއް ލިޔެފައިވެ އެވެ.

މަމްސް ސްޕެގެޓީ ސޯސް ފުޅީގެ އިޝްތިހާރުގެ ތެރެއިން

2017 އިން ފެށިގެން ޕޮޕް-އަޕް ރެސްޓޯރަންޓެއްގެ ގޮތުގައި ހެދި މަމްސް ސްޕެގެޓީ ރެސްޓޯރަންޓް ވަނީ 2021 ގައި ދާއިމީކޮށް ޑީޓްރޮއިޓް ސިޓީގައި ހުޅުވާފަ އެވެ. އަދި ދޭތެރެ ދޭތެރޭން އެކި ސިޓީތަކުގައި މި ރެސްޓޯރަންޓްގެ ޕޮޕްއަޕްސް ހަދަ އެވެ.

މަމްސް ސްޕެގެޓީ ރެސްޓޯރަންޓަށް ނަން ދީފައިވަނީ އެމިނެމްގެ "ލޫޒް ޔޯސެލްފް" ލަވައިގެ ލިރިކްސްއިންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910