އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޑރ. މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި މިރޭ ސިންގަޕޫރަށް ފުރާވަޑައިގަންނަވާ ކަމަށް އެމަނިކުފާނުގެ އޮފީހުންވެސް އަވަސްއަށް ޔަގީންކޮށްދެއްވި އެވެ. ނަމަވެސް މިއީ ނުރަސްމީ ދަތުރުފުޅަކަށްވާތީ އިތުރު ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން މިއީ މުއިއްޒު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.