ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ފްރާންސްގައި އުފައްދާ ޗީޒެއް ރާއްޖޭގައި ވިއްކުން މަނާކޮށްފި

ފްރާންސްގައި އުފައްދާ ޗީޒެއް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިވައްތަރުގެ ޗީޒް މަނާކުރީ "އީކޮލައި" ޖަރާސީމުން ތަގައްޔަރުވުގެ ފުރުސަތު އޮތުމުން ކަމަށެވެ.

މައްސަލަ ފެނިފައިވާ ޗީޒްގެ ވައްތަރު ރާއްޖެއަށް އެތެރެވެފައިވާ ކަމަށް ޔޫރަފުގެ ރެޕިޑް އެލާޓު ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) އާއި އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތީރިޓީސް ނެޓްވޯކުން އަންގާފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

"ވީމާ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ފަރަންސޭސިވިލާތުގެ މި މައުލޫމާތު ހިމެނޭ ޗީޒް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގަމެވެ،" އެމްއެފްޑީއޭގެ ބަޔާނުގައިވެ އެވެ.