ދުނިޔެ

ޣައްޒާގައި ރޭގައި ޔަހޫދީ 16 ސިފައިން މަރައިފި

ޔަހޫދީ އަސްކަރިއްޔާއިން އެއްގަމު މަގުން ޣައްޒާއަށް އަރައިގަތީ ހަމާސް ހިފަހައްޓައި ވުޖޫދޫން ފޮހެލުމަށް ވައުދުވެގެންނެވެ. ނަމަވެސް، ޔަހޫދީން ރޭވި ގޮތާ ޚިލާފަށް، އެ މީހުންނަށް ވެސް ބޮޑެތި ގެއްލުތައް ވަމުންދާ ކަމަށް ޔަހޫދީ ސަރުކާރުން ބުނެފި އެވެ.

ޔަހޫދީ އަސްކަރީ ރިޕޯޓައް ބުނާ ގޮތުން ފާއިތުވި 18 ގަޑިއިރު ތެރޭގައި ޔަހޫދީންގެ 16 ސިފަައިން ޣައްޒާގައި ވަނީ މަރާފަ އެވެ. މިހެންކަމުން ހަމާސްގެ ހަމަލާތަކުގައި މަރުވި ޔަހޫދީންގެ އަދަދު 331 އަށް އެރީ އެވެ.

ޣައްޒާގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވެމުންދާ ކަމަށް ވެސް ޔަހޫދީ ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ބުނީ ޣައްޒާއަށް ހަތަރު ދިމާއަކުން ޔަހޫދީ ސިފައިން ޓޭންކްތަކާއި ބުލްޑޯޒަރުގައި ވަދެގެންފައިވާ ކަމަށެވެ.

ހަމާސްގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އަދި ހަމާސްގެ ރަސްމީ މީޑިއާތަކުން ހާމަކުރިން ގޮތުން ޔަހޫދީންގެ ޓޭންތަކަށާއި ބުލްޑޯޒަރުތަކަށް ގައިޑެޑް މިސައިލުން -- މަތިންދާބޯޓަށް ހަމަލާދޭ ބާވަތުގެ ހަތިޔާރުން ވާނީ ހަމަލާދީފަ އެވެ.

ޔަހޫދީ އަސްކަރިއްޔާ އަކީ ދޮގުހެދުމަށް އެ ވަރެއް ނެތް ބައެކެވެ. ނަމަވެސް، ޔަހޫދީ އަސްކަރިއްޔާގެ ތަރުޖަމާނަށް ވެސް ވަނީ ދޮގަށް ވުރެ ބޮޑަށް ތެދާ ކައިރިކުރާ ވާހަކަތަކެއް ދެކެވިފަ އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ޣައްޒާގައި ޔަހޫދީ ސިފައިންނަށް ވަރަށް ބޮޑެތި އަނިޔާ ލިބެމުން އެބަދެ އެވެ. ޣައްޒާ ބޯޑަރުގައި ހަމާސްއިން މައިންވަޅުލާފައި ހުރި ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

ޔަހޫދީ ސިފައިންނަށް ރޮކެޓާއި މޯޓަރު ބޮމުން ހަމަލާދޭ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ. ހަމަލާތައް ހިތްފަޅައިގެންދާ ވަރު ވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔަހޫދީންގެ މި އެއްބަސްވުމަކީ ހަމަ ހަގީގަތުގައި ވެސް އެ މީހުންނަށް ގެއްލުން ލިބޭ ކަމުގެ ހެއްކެކެވެ. ސަބަބަކީ ހަމާސްއިން އާންމުކުރާ ޚަބަރުތަކާއި ޔަހޫދީން ދައްކާ ވާހަކަތައް ދިމާވާތީ އެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއަށް -- ފަލަސްތީން މީހުންނަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ. މި އަނިޔާތަކާ އެއްވަރު ނުވި ނަމަވެސް، ހަމާސްގެ ހަމަލާތަކުން ޔަހޫދިންނަށް ވެސް ވަނީ އެ މީހުން ބިރުގަންނަ ވަރުގެ އަނިޔާތައް ލިބިފަ އެވެ.

ޔަހޫދީންގެ އާބާދީތައް ފަލަސްތީންގެ ބިމުގައި އާބާދުކުރަން ފެށި ފަހުން މިހާ ބޮޑު އަނިޔާއެއް -- މިހާ ބޮޑު ބިރުވެރިކަމެއް ޔަހޫދީން އަދި ތަޖުރިބާ ނުކުރެ އެވެ.

ބެލެވޭ ގޮތުގައި މިއީ ޔަހޫދީންނަށް މެދުއިރުމަތީގައި އަމާން ކުރިމަގެއް ނެތްކަން ސާބިތުކޮށްދޭނެ ތަޅާފޮޅުމެކެވެ.