ދުނިޔެ

އައިއެސްގެ ހަމަލާތަކެއްގެ ސަބަބުން ސީރިޔާގައި އެތައް ބަޔަކު މަރުވެއްޖެ

ސީރިޔާގެ ވެރިރަށުގައި ހުރި ޝިއާ ފައްޅިއެއް ކައިރީގައި ޖާނުން ފިދާވުމުގެ ހަމަލާތަކެއް ދިނުމުގެ ސަބަބުން އެތަކެއް ބަޔަކަށް އަނިޔާވެ 129 މީހުން މަރުވެއްޖެ އެވެ.

މި ހަމަލާތަކުގެ ޒިންމާ ވަނީ އައިއެސް އިން ވަނީ އުފުލާފައެވެ. މިހަމަލާތައް ދީފައިވަނީ އެމެރިކާ އަދި ރަޝިޔާއިން ސީރިޔާގެ ހިނގަމުން ދާ ހަނގުރާމައަށް މެދު ކެނޑުމެއް ގެނެސް، ހާލުގައި ޖެހިފަ ތިބި އާންމުނަށް ފަރުވާގެ އިތުރުން ސަޕްލައިޒް ފޯރުކޮށްދޭން ތައްޔާރީތައް ވެފައިވަނިކޮށެވެ.

ސީރިޔާގެ އޮފިޝަލް ނޫސް އޭޖެންސީ އިން ހާމަ ކުރާ ގޮތުގައި މި ހަމަލާތަކުގައި ސަތޭކައެއްހާ މީހުން ވަރަށް ބޮޑަށް ޒަހަމް ވެފައިވެއެވެ. އަދި މީގެ އިތުރުން ގިނަ އަދަދެއްގެ އަންހެނުންނަށާއި ކުޑަ ކުދިންނަށް އަނިޔާވެފައިވާކަމަށް ވަނީ އެ ނޫސް އޭޖެންސީ އިން ބުނެ އެވެ.

ސީރިޔާގެ ހިއުމަން ރައިޓްސް މޮނިޓަރ ކުރަމުން ދާ އޭޖެންސީ އިން ދައްކާ ގޮތުގައި މަރުވި މީހުންގެ އަދަދު މީޑިޔާއިން ހާމަކުރި އަދަދަށް ވުރެ ދަށެވެ. ނަމަވެސް ގިނަ ބަޔަކަށް ބޮޑެތި އަނިޔާ ލިބި ކްރިޓިކަލް ކޮންޑިޝަންގައި އޮތް ކަމަށް ވަނީ ބުނެފައެވެ.

އިއްޔެގެ ވަގުތެއްގައި ހިނގި ހަމަލާތަކުގައި ސަބަބުން ވަނީ އެއްގަމު އުޅަނދު ފަހަރަށާއި ފިހާރަތަކަށް ވަރަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ. ބައެއް ފިހާރަތަށް ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ހަލާކުވެފައެވެ.