ފިނިޕޭޖް

ބާބީގައި އުޅޭ ރަޔާންގެ ސިފަޔަށް ބުދެއް

ބާބީ ފިލްމްގައި ރަޔާން ގޮސްލިން އަދާކުރި ބީޗް ކެންގެ ރޯލަށް ހާއްސަ ބުދަކަށް މިހާރު އޯޑަރުކުރެވޭނެ އެވެ.

މި އާ ބުދުގެ ހެދުން ހަދާފައި ހުރީ "ބާބީ" ފިލްމުގައި ރަޔާން ލައިގެން ހުރި ފިޔާތޮށި / ނޫ / ރީނދޫ ކުލަތަކުގެ ޓައިޑައި ސްވެޓްޝާޓާއި ކަޅު ސްވެޓް ޕޭންޓްސްއާ އެއްގޮތަށެވެ.

އެ ސްވެޓްޝާޓްގައި "އައި އެމް ކެނަފް" ލިޔެފައިވެ އެވެ. އަދި ނިއްކުރީގައި ހެޑް ބޭންޑެއް އޮތް އިރު އަރައިގެން ހުރީ ހުދުކުލައިގެ ހައިޓޮޕްސް އެކެވެ.

މެޓެލް އިން ނެރުނު ބަޔާނެއްގައި ބުނީ މީގެ ކުރިން ކެން އަކީ ހަމަ ކެން ކަމަށާއި އެހެން ނަމަވެސް ބާބީ ފިލްމު މެދުވެރިކޮށް، ފޭނުން އެ ކެރެކްޓާ ދެނެގަނެ، އޭނާ ތަރައްގީވާ ތަނާއި ރަޔާންގެ އެކްޓިން ފާހަގަކުރި ކަމަށެވެ.

އޭނާގެ ކެންސްފޯމޭޝަންއާ ގުޅިގެން ޑިމާންޑް އިތުރުވި ކަމަށާއި ފޭނުން ފިލްމުގެ އެ ސީން ކުޅެންވެސް ބޭނުންވާ ކަމަށް ބުންޏެވެ.

މި ބުދު އޯޑަރު ކުރެވޭނީ ނޮވެމްބަރު 14އާ ހަމައަށެވެ. އަދި އަގަކީ 50 ޑޮލަރެވެ.

މި ބުދު ހަދަން ހަމަޖެހިފައިވަނީވެސް އޯޑަރަށެވެ. އެހެންކަމުން އޯޑަރުކުރާ ކަސްޓަމަރުންނަށް ސީދާ ލިބޭނެ ދުވަހެއް އަދި ނޭގުނަސް، ޝިޕް ކުރުމުގެ ކުރިން އަންގާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.