ހަބަރު

އެކައުންޓެއްގެ މައުލޫމާތު ލީކް ކޮށްގެން ބީއެމްއެލް މުވައްޒިފަކު ހައްޔަރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު ނަހަމު ގޮތެއްގައި ބޭނުން ކުރި ކަމުގެ ތުހުމަތުގައި އެކުންފުނީގެ މުވައްޒިފަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބީއެމްއެލް ކަސްޓަމަރެއްގެ އެކައުންޓުގެ މައުލޫމާތު ނަހަމުގޮތެއްގައި ބޭނުން ކޮށްގެން މިދިޔަ ބުރާސްފަތި ދުވަހު ބެންކުގެ މުވައްޒިފެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިކަމާއި ބެހޭ ތަފްސީލެއް ފުލުހުންނެއް ނުދެއްވަ އެވެ.

އެނގިފައިވާ ގޮތުގައި ބެންކުގެ މުވައްޒިފަކު ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކޮރަޕްޝަން އާ ގުޅުން ހުރި އެކައުންޓެއްގެ މައުލޫމާތު ލީކު ކުރި މައްސަލާގަ އެވެ. އަދި މިމައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ފ. ނިލަންދޫ ބްރާންޗު މެނޭޖަރު ގާސިމް އަބްދުލް ކަރީމެވެ.

މިމައްސަލައާ ގުޅިގެން ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު ނަހަމު ގޮތެއްގައި ބޭނުން ކުރިކަމަށް ބޭންކުންވެސް ކަށަވަރުކޮށްދެ އެވެ.