އެސްޓީއޯ

އެސްޓީއޯގެ "އިޔާ އެންޑް ސޭލް" ފަށައިފި

އެސްޓީއޯ އިން އަހަރު ނިންމާލުމުގެ ގޮތުން ކުރިއަށް ގެންދާ "އިޔާ އެންޑް ސޭލް" މިއަދު ފަށައިފި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު މެންދުރުފަހު، މި ސޭލް ފައްޓަވައިދެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މަރިޔަމް ޕަރުވީން އަބްދުލް ފައްތާހު އެވެ.

މި ސޭލް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް ޑިސެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން އެ ކުންފުނީގެ ރީޖަނަލް ފިހާރަތަކުގައިވެސް މި ސޭލް ކުރިއަށްދާނެ އެވެ.

މި ސޭލްގެ މުއްދަތުގައި ކަނޑައެޅިފައިވާ ބައެއް މުދަލުން 80 އިންސައްތައާ ހަމައަށް ޑިސްކައުންޓް ދިނުމަށް ނިންމާފައިވެ އެވެ. އަދި ގިނަ އޮފާތަކެއްވެސް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.