ބޭރު ކުޅިވަރު

ސައުދި އަރަބިއްޔާގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ޔާޔާ ޓޫރޭ

އައިވަރީ ކޯސްޓްގެ ކުރީގެ މަޝްހޫރޫ ފުޓްބޯޅަ ތަރި -- ޔާޔާ ޓޫރޭ ސައުދި އަރަބިއްޔާގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު ކަމާ ހަވާލުވެއްޖެ އެވެ.

ސައުދި އަރަބިއްޔާގެ ގައުމީ ޓީމުގެ ކޯޗަކަށް ހުރީ ޔާޔާ ޓޫރޭ މެންޗެސްޓަ ސިޓީއަށް ކުޅުނު ދުވަސްވަރު އެ ކްލަބްގެ ކޯޗަށް ހުރި ތަޖުރިބާކާރެއް ކަމަށްވާ ރޮބާޓޯ މަންޗިނީ އެވެ.

މަންޗިނީގެ އެސިސްޓެންޓަކަށް ޔާޔާ ޓޫރެ ހަމަޖެއްސުމަކީ މަންޗިނީގެ ހުށަހެޅުމެއް ކަމަަށްވެ އެވެ.

މީގެ ފަސް އަހަރު ކުރިން 2019 ވަނަ އަހަރު ކޯޗިން ކެރިއާ ފަށާފައިވާ ޔާޔާ ޓޫރޭ ބުނީ މަންޗިނީއާ އެކު ކޯޗިންގައި ބައިވެރިވުމަށް ފުރުސަތު ލިބުމަކީ ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.

ޔާޔާ ޓޫރޭ މީގެކުރިން ވަނީ ޔުކްރޭން، ރަޝިއާގެ އިތުރުން ޓޮޓެންހަމްގެ އެކަޑަމީގައިވެސް ކޯޗެެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

އައިވަރީ ކޯސްޓްގެ ގައުމީ ޓީމަށް 101 މެޗް ކުޅެދީފައިވާ ޔާޔާ ޓޫރޭ ވަނީ އެފްރިކަން ކަޕް އޮފް ނޭޝަން އެ ގައުމަށް ކާމިޔާބުކޮށްދީފަ އެވެ. މީގެއިތުރުން ކްލަބް ކެރިއަރުގައި އޭނާ ވަނީ 18 ތަށި ކާމިޔާބުކޮށްފަ އެވެ.