ޑރ. މުހައްމަދު މުއިއްޒު

އިންތިހާބީ ރައީސް މުއިއްޒު ރާއްޖެ ވަޑައިގެންފި

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖެ ވަޑައިގެންފި އެވެ.

އަމިއްލަ ދަތުރުފުޅެއްގައި މުއިއްޒު ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރެ އެވެ.

މިދަތުރުފުޅަށްފަހު ޑރ. މުއިއްޒު ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ޔަގީންކޮށްދެ އެވެ.

މިއީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން ޑރ. މުއިއްޒު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.