ދިރާގު

ދިރާގަށް މިމަހު އެޕްލައިކޮށްލައި، ޓެސްލާ ކާރު ލިބުމުގެ ފުރުސަތު ދެގުނަ ބޮޑު

މިމަހުގެ 30ގެ ކުރިން ދިރާގުގެ "ވިން އަ ޓެސްލާ ޕްރޮމޯޝަން"ގައި ބައިވެރިގެން ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ދެގުނައަށް ބޮޑުވާނެ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެށި މި ކުލަގަދަ ޕްރޮމޯޝަނާއެކު ދިރާގު ޕޯސްޓްޕެއިޑް 450 އަދި ފައިބާ ބްރޯޑްބޭންޑް 30އެމް އިން މަތީގެ ޕެކޭޖްތަކަށް އަންނަ އަހަރުގެ ޖެނުއަރީ 31ގެ ކުރިން ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް އެންމެ ޒަމާނީ، އިލެކްޓްރިކް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި 30 ނޮވެންބަރުގެ ކުރިން މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ދެގުނަ ބޮޑުވާނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.

މި ޕްރޮމޯޝަންގައި ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށްވެސް ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ.

ކޮންމެ ކަސްޓަމަރަކަށްވެސް އެފަރާތްތަކުގެ ޝަރުތު ފުރިހަމަވާ ހުރިހާ ނަންބަރުތަކެއް ލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނި ގޮތުގައި މި ޕްރޮމޯޝަނަކީ އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ހަލުވި ނެޓްވާކް ތަޖުރިބާކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

އެގޮތުން ދިރާގުގެ ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަކީ ކަސްޓަމަރުންނަށް އެފަރާތްތައް އެކި ބޭނުންތައް ފުއްދުމަށް، ތަފާތު ސްޕީޑްތަކާއި އެލަވަންސްތަކާއި އަގުތަކުގައި ފަރުމާކުރެވިފައިވާ ޕެކޭޖްތަކެއްކަން ދިރާގުން ފާހަގަކުރެ އެވެ.

މި ޕްރޮމޯޝަންގެ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.

ދިރާގުގެ 35 ވަނަ އަހަރު ފާހަގަކުރަމުންދާއިރު އެކުންފުނިން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ރައްޖޭގައި ކުރިއެރުމަށް އެފަރާތްތަކަށް މަގުފަހިކޮށްދެމުންނެވެ.