ރާއްޖެ ކުޅިވަރު

ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް ކަމަށް ފުރުސަތު ހުޅުވާލައިފި

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެސޯސިއޭޝަނުން އާއްމުކޮށްފައިވާ އިއުލާނުގައިވަނީ އަންނަ މާޗު މަހުގެ 16 ވަނަ ދުވަހު އޮންނަ ކޮންގްރެސްގައި ކުރިއަށް އޮތް ހަތަރު އަހަރަށް ރައީސާއި އެހެން މަގާމުތަކަށް މީހުން އިންތިހާބުކުރުން އޮންނާނެ ކަމަށެވެ.

މި ގޮތުން ފުރުސަތު ހުޅުވާލާފައިވާ މަގާމުތަކަކީ ރައީސާއި ނާއިބް ރައީސް އަދި ހަޒާންދާރާއި އެގްޒެކެޓިވް ކޮމިޓީގެ ފުރިހަމަ މެމްބަރުން ތަމްސީލުކުރާ މެމްބަރަކަށާއި އެސޯސިއޭޓް މެމްބަރުން ތަމްސީލުކުރާ މެމްބަރަކާއި ފަރުދީ މެމްބަރުން ތަމްސީލުކުރާ މެމްބަރަކަށާއި އަންހެން މެމްބަރެއްގެ މަގާމެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް ކަމުގައި އެންމެ ފަހުން ހުންނެވީ ކުރީގެ ގައުމީ ޗެމްޕިއަން މޫސާ ނާޝިދެވެ.