އުރީދޫ

އުރީދޫ އެޕުން ރިޗާޖުކޮށްގެން އައިފޯން 15 ޕްރޯ މެކްސްއެއް ހޯދިދާނެ

އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް ރީޗާޖްކޮށްގެން ހާއްސަ ހަދިޔާތަކެއް ލިބޭ ޕްރޮމޯޝަން އިއުލާންކޮށްފި އެވެ.

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖްކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ވެސް ހާއްސަ ހަދިޔާއެއް ލިބޭނެ އެވެ. އެމް-ފައިސާ މެދުވެރިކޮށް ރިޗާޖް ކުރާ ފަރާތްތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

މީގެއިތުރުން މިޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒްގެ ނަސީބުވެރިފަރާތަކަށް އައިފޯން 15 ޕްރޯ މެކްސް އެއް ލިބުމުގެ ފުރުސަތުވެސް އޮތީ ހުޅުވާލާފަ އެވެ.

އުރީދޫ އެޕް މެދުވެރިކޮށް 20 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖް ކުރާ ޕްރިޕެއިޑް ކަސްޓަމަރުންނަށް އަމާޒުކޮށްފައިވާ މި ޕްރޮމޯޝަން ކުރިއަށްދާނީ ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ރީޗާޖުކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ އެއް ފަރާތަކަށް އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ މޫލީ މެދުވެރިކޮށް އެޕަލް ވޮޗް ސީރީޒް 8، ވާވޭ ވޮޗް ބަޑްސް، ގާމިން ވެނޫ އެސްކިއު - މިއުޒިކް، އެޕަލް އެއާޕޮޑްސް ޕްރޯ ޖެން2، ސެމްސަންގް ގެލެކްސީ ވޮޗް 5، ސެމްސަންގް ގެލެކްސީ ބަޑްސް 2 ޕްރޯ، އެޕަލް މެގް ސޭފް ޑުއޯ ޗާޖަރު ނުވަތަ އިންސްޓެކްސް މިނީ 40 އެވެ.

އުރީދޫ އެޕް ވަނީ ދާދި ފަހުން ސުޕަ އެޕަކަށް އަޕްގްރޭޑްކޮށް ގިނަ ހިދުމަތްތަކެއް އެއް ޑިޖިޓަލް ފުރާޅެއްގެ ދަށުން އެންޑް ޓު އެންޑް ސޮލިއުޝަނެއް ފޯރުކޮށްދީ އެޕްގެ ތަޖުރިބާވެސް އިތުރަށް ފުރިހަމަކޮށްފަ އެވެ.