ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ކުޑަކުދިންނަށް ދޭ ޕެރެސެޓްމޯލް ރާއްޖޭގައި ވިއްކުން މަނާކޮށްފި

ރާއްޖޭގައި ވިއްކަމުންދާ ބޭހެއް ކަމަށްވާ ޕެރެސެޓްމޯލް ވިއްކުން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު އެލާޓެއްގައި ބުނެފައިވަނީ ރާއްޖޭގެ މާކެޓްގައި މިވަގުތު ހުރި ޕެރެސެޓްމޯލްގައި ކޮލިޓީ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ކުލަ ބަދަލުވެ ގަނޑުވެފައި ހުންނަކަން އެމްއެފްޑީއޭ އިން ފާހަގަކުރެ އެވެ.

އެމްއެފްޑީއޭ އިން ބުނީ ބޭހުގައި ހުރި މައްސަލަތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާތީ މިބޭސް ރާއްޖެ އެތެރެކުރުމާއި، ވިއްކުމާ އަދި ބޭނުންކުރުން މިހާރު ވަނީ މަނާކުރެވިފައި ކަމަށެވެ.

ރާއްޖޭގައި ވިއްކުން މަނާކޮށްފައިވާ ޕެރެސެޓްމޯލް އަކީ އިންޑިއާގެ ކުންފުންޏަކުން އުފައްދާ ބޭހެކެވެ.

މިބޭހަކީ އާންމު ގޮތެއްގައި ކުޑަކުދިންނަށް ދިމާވާ ސިއްހީ ބައެއް މައްސަލަތަކުގައި ތަދުކަނޑުވަން ދޭ ބޭހެކެވެ.