ޕީޕީއެމް

ޕީޕީއެމްގެ އޮފީސް ހުސްކުރަން އަންގައިފި

ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ބޭއްވި އެއްވުމެއް -- ފޮޓޯ: އަވަސް
0%
0%
100%

ޕީޕީއެމްގެ މައި އޮފީސް ހުސްކުރަން އަންގައިފި އެވެ.

މިކަން ޔަގީންކޮށްދެއްވީ ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް ނިންމަވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާފައިވާ ސްޓިއަރިން ކޮމިޓީގައި އިސްކޮށް ހުންނެވި ކުރީގެ މިނިސްޓަރު މަލީހް ޖަމާލް އެވެ.

މަލީހް މިއަދު ނޫސްވެރިންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޕީޕީއެމްގެ އޮފީސް ހިންގާ އިމާރާތް ހުސްކުރަން ގޭގެ ވެރިފަރާތުން އަންގާފައިވާ ކަމަށެވެ.

ޕީޕީއެމްގެ މައި އޮފީސް ހިންގަނީ އާޓިފިޝަލް ބީޗް ކުރިމައްޗަށްވާ ގޮތަށް ހުންނަ ހ. ހުރަފާ އެވެ.

އެތަނުގައި ޕީޕީއެމްގެ އޮފީސް ހަދައި ހުޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް ޔާމީނާ މައްސަލަ ޖެހުނު ހިސާބުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910