ފިނިޕޭޖް

ދަ ބޯއިޒް އިން ދަ ބޯޓްގެ ޑައިރެކްޓަރަކީ ޖޯޖް ކުލޫނީ

އެކެޑަމީ އެވޯޑް ލިބިފައިވާ ޖޯޖް ކްލޫނީ، 62، އަކީ ފަހަގަކޮށްލެވޭ ފިލްމުތަކެއްގައި އެކްޓްކުރުމުގެ އިތުރުން ޑައިރެކްޓަރެއް، ޕްރޮޑިއުސަރެއް އަދި ލިޔުންތެރިއެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައިވާ ހުނަރުވެރި މީހެކެވެ.

ޖޯޖަކީ މިހާތަނަށް ތަފާތު ހަ ކެޓަގަރީ އަކުން އެކަޑަމީ އެވޯޑަށް ނޮމިނޭޓްވެފައިވާ ހަތަރުވަނަ މީހާ އެވެ.

ޖޯޖް ކްލޫނީ މިފަހަރު ޑައިރެކްޓަރެއްގެ ގޮތުގައި އަދި ކޯ-ޕްރޮޑިއުސަރެއްގެ ގޮތުން މަސައްކަތް ކުރާ ފިލްމަކީ ބައޮގްރަފީ އަދި ސްޕޯޓްސް ޑްރާމާ "ބޯއިޒް އިން ދަ ބޯޓް" އެވެ.

މި ފިލްމު ބިނާކޮށްފައިވަނީ 2013 ގައި ޑެނިއަލް ޖޭމްސް ބްރައުން ނެރުނު "ބޯއިޒް އިން ދަ ބޯޓް" ފޮތަށެވެ. މިއީ ހަގީގީ ވާހަކަ އެކެވެ.

މި ފިލްމުގައި ގެނެސްދޭނީ 1936ގެ ބާލިން ސަމާ އޮލިމްޕިކްސްގައި ބައިވެރިވި އެމެރިކާގެ ޔުނިވާސިޓީ އޮފް ވޮޝިންގްޓަންގެ މެންސް 8 ގައި ބައިވެރިވި ޖޯ ރޭންޓްޒް އާއި ރޮއިން ޓީމާއި ކޯޗުން އަދި ބޯޓު ހެދި މީހާގެ ވާހަކަ އެވެ. މި މީހުންނަކީ އާމްދަނީ ދަށް / ފަގީރު އާއިލާތަކުގެ މީހުންނެވެ. އަދި ޖޯޖް އަކީ އޭނާގެ އާއިލާއިން ޅަ އުމުރުގައި ދޫކޮށްލާފައިވާ މީހެކެވެ. މި ޓީމް ވަނީ މުބާރާތުގައި އިޓަލީ ބަލިކޮށް ރަން މެޑަލް ހޯދަފަ އެވެ.

މި ފިލްމުގައި ޖޯގެ ރޯލް އަދާކުރަނީ ކެލަމް ޓާނާ އެވެ. މީގެ އިތުރުން ޖޯލް އެޖާޓަން، ޖެކް މަލްހާން، ސޭމް ސްޓްރައިކް، އެލެކް ނިއުމަން، ޕީޓާ ގިނިސް، ޖޭމްސް ވޯކް، ކްރިސް ޑަޔަމްޓޯޕޯލޮސް، ކޯޓްނީ ހެންގެލާ، ތޯމަސް އެލްމްސް އަދި ޓޮމް ވެރީ ފަދަ ތަރިން މި ފިލްމްގައި ބައިވެރިވެ އެވެ.

ޖޯޖް ބުނީ މި ފިލްމަކީ ހިތް ވަރުގަދަ، ކެރޭ ފަގީރު މީހުންތަކެއްގެ ވާހަކަ ގެނެސްދޭ ފިލްމެއް ކަމަށެވެ. މި މީހުން މި ކުޅިވަރު ކުޅުނީ ޔުނިވާސިޓީގައި ކިޔެވުމަށް ކަމަށާއި ޓީމުގެ މާލީ ހާލަތުގެ ސަބަބުން އެމީހުން މި މުބާރާތުގައި މޮޅުވުމަށް އިތުރު ހިތްވަރެއް ލިބުނު ކަމަށެވެ..

"ބޯއިޒް އިން ދަ ބޯޓް" ރިލީޒްކުރާނީ ޑިސެމްބަރު 25، 2023 ގައެވެ.