ކްރިމިނަލް ކޯޓް

މަންމައަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

މަންމައަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. ހުޅުދުއްފާރަށް ނިސްބަތްވާ 41 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

އޭނާ ބަންދުކުރަން އަމުރުކުރީ މައްސަލައާއި ގުޅޭ އެކަށީގެންވާ ހެކި ހުށަހަޅާފައިވާތީ އާއި ހެއްކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްވެސް ބެލެވޭތީ އެވެ.

މި މީހާ ވަނީ އޭނާގެ މަންމަގެ އިތުރުން އޭނާގެ ޅިޔަނަކަށް ވެސް މަރުގެ އިންޒާރު ދީފަ އެވެ.