ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ޕީއެންސީގެ އެކްސް އެކައުންޓް ސަސްޕެންޑްކޮށްފި

ވެރިކަން ކުރާ ޕާޓީ -- ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ރަސްމީ އެކްސް އެކައުންޓް ސަސްޕެންޑް ކޮށްފި އެވެ.

ޕީއެންސީގެ އެކައުންޓް ސަސްޕެންޑް ކޮށްފައި މިވަނީ ޕީއެންސީއާއި އެކު މަސައްކަތް ކުރަމުން އައި މައި ޕާޓީ -- ޕީޕީއެމްގެ ރައީސްގެ ގޮތުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަތުމުން ސިޔާސީ ކޯޅުންތަކެއް ހިނގަމުންދާ ވަގުތެއްގައެވެ.

އެކްސް އިން އާންމު ގޮތެއްގައި އެކައުންޓެއް ސަސްޕެންޑް ކުރަނީ އެކްސްގެ އުސޫލުތަކާ ހިލާފުވުމުންނެވެ.

ޕީއެންސީގެ އެކްސް އެކައުންޓް ސަސްޕެންޑް ކޮށްފައިވާ ކަމަށް ދެއްކިޔަސް އެކަން އެހެން ދިމާވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ. ޕީއެންސީ އަކުންވެސް މިކަމުގައި އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ޕީއެންސީގެ އެކައުންޓް ސަސްޕެންޑް ކޮށްފައި މިވަނީ ޕީއެންސީ އިން އެ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކުރުމުގެ ކެމްޕޭނެއް ކުރިއަށް ގެންދަނިކޮށެވެ.