ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ޕީއެންސީގެ އޮފީސް ސީޓްރެކްސް ބިލްޑިންގަށް ބަދަލުކުރަނީ

ވެރިކަން ކުރާ ޕާޓީ -- ޕީޕަލްސް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ މައި އޮފީސް ސީ ޓްރެކްސް ބިލްޑިންގުގައި ހެދުމަށް ނިންމާ، އެތަނަށް ބަދަލުވުމުގެ މަސައްކަތް ފަށައިފި އެވެ.

ޕީއެންސީ އަކީ ޕީޕީއެމްގެ އޮފީސް އިމާރާތުގައި މީގެކުރިން ހިންގަމުން ދިޔަ އެއް ކޯލިޝަނަކަށް ނިސްބަތްވާ ދެ ޕާޓީ އެވެ.

ނަމަވެސް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އެ ޕާޓީން ވަކިވެވަޑައިގަތުމާ އެކު ޕީޕީއެމް އަދި ޕީއެންސީ ހިންގަމުން ދިޔަ ހ. ހުރަފާ އިން ދެ ޕާޓީގެ ތަކެތި ބޭރުކުރުމަށް ވަނީ އަންގާފަ އެވެ.

މިއެންގުމާ އެކު ޕީއެންސީގެ މައި އޮފީސް މިދިޔަ ދުވަސްތަކުގައި ހިންގީ ކާނިވާ ސަރަހައްދުގައި ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ހުންނަ ދޮންމަނިކުވިއު ރެސްޓޯރަންޓުގެ ތިރީގައި ހުރި ތަނެއްގައެވެ.

އެކަމަކު ޖާގައިގެ ދަތިކަން ހުރުމުން ޕީއެންސީގެ އޮފީސް އިމާރާތް ސީ ޓްރެކްސް ބިލްޑިންގެ ހަތްވަނަ އަދި އަށްވަނަ ބުރިއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

ޕީއެންސީ އިން ވަކި އޮފީހެއް ގާއިމުކޮށްފައި މިވަނީ އެ ޕާޓީއަށް 10،000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށެވެ.