ދިރާގު

ނޫސްވެރިކަމުގެ އިނާމުގެ މެއިން ޕާޓްނަރަކަށް ދިރާގު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން އިންތިޒާމުކޮށްގެން ބާއްވާ "ނޫސްވެރިކަމުގެ އިނާމު 2023"ގެ މެއިން ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

އެމްއެމްސީ އިން ކޮންމެ އަހަރަކުވެސް ބާއްވާ މި ހަފްލާއަކީ ދިވެހި ނޫސްވެރިންގެ މަސައްކަތްތަކަށް އަލިއަޅުވާލާ އެފަރާތްތަކުގެ ކާމިޔާބީތައް ފާހަގަކުރުމަށް ދޭ އެވޯޑުތަކެވެ.

މި ހަފްލާގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ނޫސްވެރިން ކުރަމުންދާ މުހިއްމު މަސައްކަތުގެ އަގު ވަޒަންކޮށް އިނާމު ދިނުމެވެ. އެގޮތުން ޕްރިންޓް، ބްރޯޑްކާސްޓް އަދި ޑިޖިޓަލް ނޫސްވެރިކަމުގައި މަސައްކަތްކުރާ ނޫސްވެރިންނަށް ފީޗަ ރިޕޯޓިން، އިންވެސްޓިގޭޓިވް ޖާނަލިޒަމް އަދި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ރިޕޯޓިން ފަދަ ކެޓަގަރީތަކުން އިނާމު ހަވާލުކުރެ އެވެ.

މި އަހަރުގެ "ނޫސްވެރިކަމުގެ އިނާމު 2023 ޕަވާޑް ބައި ދިރާގު' މިމަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ހަފްލާގައި 12 ކެޓެގަރީއަކުން އެންމެ މޮޅު ނޫސްވެރިން ހޮވާނެ އެވެ. އަދި އެންމެ ޝަރަފުވެރި އެވޯޑް "ޖާނަލިސްޓް އޮފް ދަ އިޔާ' އެވޯޑު ހޮވުމަށް ހަމަޖެހިފައިވާނީ ވޯޓާ އެސްއެމްއެސް އާއި ޖަޖުންގެ މާކުހުންނެވެ. އެގޮތުން މިއަހަރު ހަތަރު ނޫސްވެރިޔަކު ވަނީ ނޮމިނޭޓް ވެފަ އެވެ. އެއީ:

  • އަލީ ޔާމިން - ވަން އޮންލައިން
  • އަހްމަދު ނާއިފް – ދައުރު
  • އާސިމާ ނިޒާރު – މިހާރު
  • ލައިސާ އަހްމަދު - ރާއްޖެ ޓީވީ

ދިރާގުން ދަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތައް އިތުރަށް ތަރައްގީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދިކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުންދެމުންނެވެ.