އެސްޓީއޯ

އެސްޓީއޯގެ އެމްޑީއަކަށް ޝިމާދު

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވިޔަފާރިއާއި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ ޝިމާދު އިބްރާހިމް ހަމަޖައްސައިފި އެވެ.

ޝިމާދު މީގެކުރިން ވަނީ އެސްޓީއޯގެ ބޯޑު މެންބަރު ކަމާއި އެ ކުންފުނީގެ އޮޑިޓް އެންޑް ރިސްކް ކޮމިޓީގެ ޗެއާމަންގެ މަގާމުވެސް ފުރުއްވާފަ އެވެ.

ޝިމާދު ވަނީ ތިލަފުށި ކޯޕަރޭޝަނާއި، އެމްޓީޑީސީއާއި، މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ ބޯޑު މެންބަރުކަންވެސް ކުރައްވާފަ އެވެ.

މީގެއިތުރުން ވިލާ ގުރޫޕްގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވުމަށްފަހު މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހެޑް އޮފް ފައިނޭންސްގެ މަގާމުވެސް ފުރުއްވާފައިވެ އެވެ.

ކުރިން ފިނޭންސް މިނިސްޓްރީގައިވެސް މަސައްކަތް ކުރައްވާފައިވާ ޝިމާދު އަކީ އިނގިރޭސިވިލާތުގައި ޗާޓަޑް އެކައުންޓެންޓެއްގެ ގޮތުގައި ކިޔަވާ ވިދާޅުވެ، ވިޔަފާރިއާއި އިގްތިސާދީ ދާއިރާގައި ހަރަކާތްތެރިވާތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވީ ބޭފުޅެކެވެ.