މޯލްޑިވިއަން

މޯލްޑިވިއަންގެ އެމްޑީއަކަށް އިޔާސް

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް އިޔާސް މިއަދު ހަމަޖައްސައިފި އެވެ.

އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރައްވާތާ 19 އަހަރުވެފައިވާ އިލްޔާސް އެންމެ ފަހުން ހުންނެވީ އައިއޭއެސްގެ ޗީފް އޮޕަރޭޝަން އޮފިސަރުގެ ގޮތުގައެވެ

ގައުމީ އެއާލައިން -- މޯލްޑިވިއަން -- ހިންގާ ކުންފުނި -- އައިއޭއެސްއާ އިޔާސް ގުޅިވަޑައިގަތީ 2008 ވަނަ އަހަރު އެވެ.

މީގެކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގައިވެސް މަސައްކަތް ކުރައްވާފައިވާ އިޔާސް އަކީ އިނގިރޭސިިވިލާތުގެ ޔުނިވަސިޓީ އޮފް ލަންޑަންގެ އިމްޕީރިއަލް ކޮލެޖުން އޭރޯނޯޓިކަލް އިންޖިނިއަރިން އިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އެންމެ ފަހުން ހުންނެވީ މުހައްމަދު މިހާދު އެވެ.