އެމްއޭސީއެލް

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ޝަރީފް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ޝަރީފް މުހައްމަދު ހަމަޖައްސައިފި އެވެ.

އާ ސަރުކާރުން އެމްއޭސީއެލް އަށް އައްޔަންކުރެއްވި ފުރަތަމަ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަރީފް ހަމަޖެއްސުމަށް ޕްރައިވެޓައިޒޭޝަން ކޮމިޓީން ނިންމީ އިއްޔެގެ ވަގުތެއްގައެވެ.

އިބްރާހީމް ޝަރީފް އަކީ 2015 ވަނަ އަހަރުގެ ތެރޭގައި ކޮމާސްގެ ދާއިރާ އިން އޮސްޓްރޭލިއާގެ ޑީކިން ޔުނިވަސިޓީން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.

ޝަރީފް ވަނީ ފިއުލް ސަޕްލައި މޯލްޑިވްސްގެ ޗެއާމަންކަމާއި، ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްގެ މަގާމާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯގެ މަގާމާއި، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަންގެ މަގާމާއި، ދިރާގުގެ ބޯޑު ޑިރެކްޓަރުކަންވެސް ކުރައްވާފަ އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މަހުޖޫބު ޝުޖާއު އެވެ.