ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)

ފައިސާ ޖަމާކޮށްލެވޭ ޑިޖިޓަލް ވޮލެޓެއް އާރްޓީއެލް އެޕްލިކޭޝަނަށް އިތުރުކޮށްފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގައި ހިމެނޭ ފެރީއާއި ބަސް ދަތުރުތަކުގެ ހިދުމަތް ހޯދުމަށް ހާއްސަކޮށްފައިވާ އެޕްލިކޭޝަނަށް ޑިޖިޓަލް ވޮލެޓެއް ތައާރަފްކޮށްފި އެވެ.

އެޕްލިކޭޝަނަށް "އާރުޓީއެލް ވޮލެޓް"ގެ ނަމުގައި އިތުރުކުރި ފީޗާގެ ސަބަބުން ފެރީއާއި ބަސް ދަތުުރުތަކަށް ކުރިއާލައި ފައިސާ ޖަމާކޮށްފައި ބެހެއްޓޭނެ އެވެ.

މިގޮތަށް މި ވޮލެޓަށް ފައިސާ ޖާމަކޮށްފައި ބެހެއްޓޭނީ އާރުޓީއެލް އެޕްލިކޭޝަންގައި އީމެއިލް އާއި ފޯން ނަންބަރު ވެރިފައިކޮށްފައިވާ މީހުންނަށެވެ.

ވެރިފިކޭޝަން މަރުހަލާ ރަނގަޅަށް ފުރިހަމަކޮށްފިނަމަ އެޕްލިކޭޝަންގައިވާ އެމީހެއްގެ ޕްރޮފައިލް ކައިރީގައި ފެހި ކުލައިގެ ހެޔޮ ފާހަގައެއް އިންނާނެ އެވެ.

އާރްޓީއެލް ވޮލެޓަށް ވަނުމަށްފަހު ޓޮޕް-އަޕްއަށް ފިއްތާލައިގެން ކަސްޓަމަރުން ބޭނުންވާ ކޮންމެ ބޭންކެއްގެ ކާޑެއް ބޭނުންކޮށްގެންވެސް ފައިސާ ޖަމާކުރެވޭނެ އެވެ.

އެމްޓީސީސީ އިން ބުނީ އާރްޓީއެލް އެޕްލިކޭޝަނަށް އިތުރުކުރި ވޮލެޓްގެ ސަބަބުން ކަސްޓަމަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.