ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)

އޯކިޑް ރޫޓުގެ ބަސް ދަތުރަށް ބަދަލެއް ގެނެސްފި

އާރްޓީއެލްގެ ހިދުމަތުގައި ހިމެނޭ ބަސްތަކެއް ސިނަމާލެ ބްރިޖުގައި -- ފޮޓޯ: އަވަސް
0%
0%
0%

މާލޭގައި ދެމުންގެންދާ އާރްޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ އޯކިޑް ރޫޓުގެ ބަސް ދަތުރުތަކަށް ބަދަލު ގެނެސްފި އެވެ.

އެމްޓީސީސީ އިން ބުނީ ބަދަލު ގެނައީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

މިގެނައި ބަދަލާ އެކު ހޮނިހިރު ދުވަހުގެ ނިޔަލަށް އޯކިޑު ރޫޓުގެ ބަސް ދަތުރުކުރާނީ އަމީރު އަހުމަދު މަގާއި ސޯސަން މަގުންނެވެ.

އެމްޓީސީސީ އިން ބުނި ގޮތުގައި ވަގުތީ ގޮތުން މިބަދަލު ގެނައީ ހެންވޭރު ދަނޑުގައި މިއަދުން ފެށިގެން ކުރިއަށްދާ ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާ މުބާރާތާ އެކު އެ ސަރަހައްދުގެ ޓްރެފިކަށް ވަގުތީ ބަދަލެއް ގެނައުމަށް ފުލުހުން ނިންމުމާ ގުޅިގެންނެވެ.

ވަގުތީ މިބަދަލާ ގުޅިގެން މިމުއްދަތުގައި އޯކިޑް ރޫޓުގެ ބަސްތައް ފަސް ނަންބަރު ޖެޓީ، އެމްޓީސީސީ ޓަވަރު، އާޓިފިޝަލް ބީޗު ސަރަހައްދު، ކާނިވާ ސަރަހައްދު އަދި މުނި އުފާ ބަސްހުއްޓިއަށް މަޑުކުރާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910