ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އެހީގައި ގައުމީ ކުތުބުހާނާ ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެހީގައި ގައުމީ ކުތުބުހާނާ ތަރައްގީކުރުމުގެ ގޮތުން ގެނައި ބޮޑެތި ބަދަލުތައް އެ ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ މިއަދު ބައްލަވާލައްވައިފި އެވެ.

ގައުމީ ކުތުބުހާނާ ތަރައްގީކުރުމަށް އެހީވުމުގެ ގޮތުން އެ އިދާރާއާ އެކު ބީއެމްއެލް އިން ސޮއިކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު ގައެވެ. އެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް މިއަހަރުގެ ޖެނުއަރީގެ ތެރޭގައި ވަނީ މަސައްކަތްތައް ނިންމާލާފަ އެވެ.

ކުތުބުހާނާ ތަރައްގީކުރުމަށް ބީއެމްއެލް ކޮށްދިން މަސައްކަތްތައް:

  • ފުރަތަމަ ފަހަރަށް ލައިބްރަރީގައި ޒަމާނީ ސެކިއުރިޓީ ގޭޓެއް ގާއިމުކުރުން
  • ފޮތް ކިޔުމަށް އާންމުކޮށް ބޭނުންކުރާ ތަން ތަރައްގީކުރުން
  • ޒަމާނީ ވަސީލަތްތަކާ އެކު މުޅިން އަލަށް އޯޑިއޯ ރިކޯޑުކުރެވޭނެ ބޫތެއް ގާއިމުކުރުން
  • ގައުމީ ތަރިކައާ ގުޅުންހުރި ލިޔުންތަކާއި ފޮތްތައް ހުންނަ ކޮޓަރި ތަރައްގީކުރުން
  • ލައިބްރަރީގައި ހުރި ފޮތްތަކާއި ލިޔުންތައް ޑިޖިޓަލްކުރުމުގެ މަސައްކަތަށް ބޭނުންވާ ހާއްސަ ސްކޭނަރެއް ބެހެއްޓުން
  • މަޝްވަރާތައް ކުރަން ހާއްސަކޮށްފައިވާ ބައި ތަރައްގީކުރުން
  • ސައިލެންޓް ރީޑިން ރޫމް ތަރައްގީކުރުން
  • ދިރާސާތައް ކުރުމަށް ހާއްސަކޮށްފައިވާ ކޮޓަރި ތަރައްގީކުރުން
  • ލައިބްރަރީގެ ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުންކުރާ ކޮމްޕިއުޓަރުތައް އަޕްގްރޭޑުކުރުން
  • ލައިބްރަރީގެ އިނގިރޭސިފޮތް ބަހައްޓާފައި ހުންނަ ސެކްޝަން ތަރައްގީކުރުން

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގި މަޝްރޫއުތަކުގައި ހިމަނައިގެން ގައުމީ ކުތުބުހާނާ ތަރައްގީކުރުމަށް ކޮށްފައިވާ މަސައްކަތްތައް ކުތުބުހާނާ އިންވެސް ވަނީ ވަރަށް ބޮޑަށް ބަލައިގެންފަ އެވެ.

ބީއެމްއެލް އިން ގެންދަނީ ރަށްރަށުގައި ގިނަ ބަޔަކަށް ފައިދާވާ ގޮތަށް ހިންގާ އިޖުތިމާއީ މަސައްކަތްތަކަށް ބީއެމްއެެލްގެ ކޮމިއުނިޓީ ފަންޑުންވެސް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންނެވެ.