ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ޗެއާޕާސަންގެ މަގާމުން ޒަރީރު އިސްތިއުފާ ދެއްވައިފި

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން މަގާމުގައި ހުންނެވި ހަސަން ޒަރީރު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ބީއެމްއެލްގެ ޗެއާޕާސަންގެ މަގާމަށް ޒަރީރު އައްޔަންކުރީ މިއަހަރުގެ މާޗް 25 ވަނަ ދުވަހު އެވެ.

ޒަރީރު އިސްތިއުފާ ދެއްވާފައި މިވަނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އޭނާ އައްޔަންކުރުމަށް މިމަހުގެ 13 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ވަނިކޮށެވެ.

ޒަރީރު އަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނަރަލްގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ.