ހީނާ ވަލީދު

އެންސްޕާގެ ސީއީއޯގެ މަގާމަށް ހީނާ

އެންސްޕާގެ ސީއީއޯގެ މަގާމަށް ކުރީގެ މަޝްހޫރު ޕްރެޒެންޓަރު ހީނާ ވަލީދު މިއަދު ހަމަޖައްސައިފި އެވެ.

ބޭސް ފަރުވާގެ އިންތިޒާމުތައް ހަމަޖައްސައިދޭ ދައުލަތުގެ ކުންފުނި -- އެންސްޕާގެ ސީއީއޯގެ މަގާމަށް ހަމަޖެއްސިއިރު ހީނާ އެންމެ ފަހުން ހުންނެވީ ވެރިކަން ކުރާ ކޯލިޝަންގައި އޮތް މައި ޕާޓީ -- ޕީޕީއެމްގެ ތަރުޖަމާންގެ ގޮތުގައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހީނާ ވަނީ ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފަ އެެވެ.

ހީނާ އެންމެ ބޮޑަށް އާމުންނަށް ފާހަަގަވެގެން ދިޔައީ ދައުލަތުގެ މީޑިއާގައި ނޫސްވެރިޔެއްގެ ގޮތުގައި އަދި ޕްރެޒެންޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި މަސައްކަތްތަކާ ގުޅިގެންނެވެ.

ނިމިދިޔަ ސަރުކާރުގައިވެސް އެންސްޕާގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަންހެން ބޭފުޅެކެވެ. އެއީ ކުރިން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މަރިޔަމް ޝަފީގު އެވެ.