މަންތާ އެއާ

މަންޓާ އެއާ އިން ބެންގަލޫރާއި ކުޑަހުވަދޫއާއި ދެމެދު ދަތުރުތައް ފަށަނީ

ރާއްޖޭގައި އެންމެ ފުޅާކޮށް ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ އަމިއްލަ އެއާލައިން -- މަންޓާ އެއާލައިނުން އިންޑިއާއަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މިދަތުރުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިންޑިއާގެ ބެންގަލޫރުގެ ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓުން ދ. ކުޑަހުވަދޫ އެއާޕޯޓަށެވެ.

މަންޓާ އެއާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ޖެނުއަރީ މަހުގެ ތެރޭގައި މިދަތުރުތައް ފެށުމަށް ވަނީ ނިންމާފަ އެވެ.

ސީދާ ދަތުރުތަކެއްގެ ގޮތުގައި ފަށާ މިދަތުރުތަކާ ގުޅިގެން ބެންގަލޫރުން ދ. އަތޮޅަށް ދަތުުރުކުރާ ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މީގެކުރިން މަޑުކުރަންޖެހުމުން ހޭދަކުރަން ޖެހުނު ވަގުތުތައް ސަލާމަތް ކުރެވިގެންދާނެ ކަމަށްވެސް މަންޓާ އިން ބުނެ އެވެ.

މަންޓާ އެއާ އިން 2019 ވަނަ އަހަރު ފެށި ޑޮމެސްޓިކް އެއާކްރާފްޓް ދަތުރުތައް ފުޅާކޮށް އެ އެއާލައިނުން ގެންދަނީ ސީޕްލޭން ދަތުރުތައް ވެސް
ކުރަމުންނެވެ.