ދުނިޔެ

ހަމާސްއިން ދިން ދައުވަތު އީލޮން މަސްކް ގަބޫލެއް ނުކުރެއްވިި

އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ އީލޮމް މަސްކް މިދާކަށް ދުވަހު ޒަޔަނިސްޓުންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރެއްވި އެވެ. އަދި އޮކްޓޯބަރު ހަތެއްގައި ޔަހޫދީ އަވަށްތަކަށް ހަމާސްގެ ހަނގުރާމަވެރި ދިން ގެއްލުންތައް ބައްލަވާލެއްވި އެވެ.

އީލޮން މަސްކް ނޫސްވެރިނާ ބައްދަލުކުރައްވައި، ހަމާސްއަކީ ދުވަސް ދުއްވާލަން ޖެހޭ ބައިގަނޑެއް ކަމަށް ވިދާޅުވި އެވެ. އަދި ހަމާސްގެ ނުބައިކަމުން ޔަހޫދީން ދިފާއުކުރުމަށް ޒަޔަނިސްޓް ބޮޑުވަޒީރު ނަތަންޔާހޫ ކުރައްވާ މަސައްކަތްތަކަށް ތާއީދުކުރެއްވި އެވެ.

މިކަން މިގޮތަށް ހިނގައި ދިއުމުން ހަމާސްއިން ވަނީ އީލޮން މަސްކަށް ދައުވަތު ފޮނުވާފަ އެވެ. އެއީ ޒަޔަނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ޖެޓުތަކުން ޣައްޒާއަށް އެޅި ބޮންތަކުގެ ސަބަބުން އުފެދިފައި ހުރި ފުން ވަޅުގަނޑުތައް ބައްލަވާލެއްވުމަށް -- ޣައްޒާއަށް ވަޑައިގަތުމަށް ފޮނުވި ދައުވަތެކެވެ.

މި ދައުވަތު ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެ މަސްކް ވިދާޅުވީ ޣައްޒާގެ ހާލަތު މިހާރު އޮތް ގޮތުން އެ ފަސްގަނޑަށް އަރާވަޑައިގަތުމަށް ބިރުފުޅު ގަންނަ ކަމަށެވެ.

ޣައްޒާ އަކީ ހަނގުރާމައިގެ މައިދާނެއް ކަމަށާއި ހަމަލާ ބަދަލުކުރުމުގެ ތެރޭގައި އޭނާގެ ހަށިކޮޅަށް އަރާފާނެ އެތިފަހަރަކަށް ބިރުފުޅު ގަންނަ ކަމަށެވެ.

މަސްކް އަދި ވިދާޅުވީ ޣައްޒާ އަކީ އަމާން އަދި ސުލްހަވެރި ބިމެއް ގޮތުގައި އޮތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އޭނާގެ މި ޖުމުލައިން ކޮންމެވެސް ޒަމާނަކުން ޣައްޒާއަށް ވަޑައިގަތުމުގެ އުއްމީދު އޮތް ކަމަށް ލަފާކުރެވެ އެވެ.

އީލޮން މަސްކް އަކީ އޭނާގެ ބަސްމަގު ހުންނަ ގޮތުން ވަރަށް ފަސޭހައިން ހޫނުފެނަށް ވެއްޓިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާއާ ގުޅުމެއް ނެތް ކިތަންމެ ކަމެއްގެ ތެރެއަށް ވަދެވަޑައިގެން މީދާދަތީގައި ވެސް ވަރަށް ފަސޭހައިން ޖެހިވަޑައިގަންނަވަ އެވެ.

ޔަހޫދީން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަން ގޮވާލައި ބަޔަކު ދެއްކި ވާހަކަތައް ކަމުދާ ކަމަށް ވިދާޅުވެ ކުރެއްވި ޕޯސްޓަކާ ގުޅިގެން ވެސް މަސްކަށް ވަނީ ހޫނުފެނުގެ އަސަރުކޮށްފަ އެވެ.

އީލަން މަސްކް އަކީ އޭނާގެ މުއްސަނދި ކަމާ ހެދި ބަސްމަގު އޮޅިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ޓެސްލާ ކަރަންޓް ކާރުތަކާއި، ސްޕޭސްއެކްސް، މައިކްރޮބްލޮގިން ޕްލެޓްފޯމް އެކްސް (ޓްވިޓާ) އަދި ސްޓާލިންކް އަކީ އޭނާގެ ވިޔަފާރި އެވެ.

މިއިން ހިދުމަތެއްގައި ދޯހަޅިކަމެއް ހުރި ކަމަށް މީހަކު ބުންޏަސް ނިމުނީ އެވެ. އެ މީހަކާ ދިމާއަށް ހެއްދެވި ނުހެއްދިވި އަށް ދާންދެން ވިދާޅުވެ ރައްދުދެއްވަ އެވެ.