ޕީޕީއެމް

ރައީސް މުއިއްޒާއެކު ސާބިތުވެ ތިބޭނަން: ޕީޕީއެމް-ޕީއެންސީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި އެމަނިކުފާނާއެކު ސާބިތުވެ ތިބޭނެ ކަމުގެ ޔަގީންކަން ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ދީފި އެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިހެން ބުނެފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އާ ޕާޓީގެ އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ދަނިކޮށެވެ.

ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވައި އާ ޕާޓީ -- ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން ދީފައިވާޢިރު އެ ޕާޓީ އުފެއްދުމުގެ ހުއްދަ ހޯދުމަށް އީސީއަށް ހުށަހެޅުއްވީ ރައީސް ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންގެ މަސްއޫލުވެރިކަމުގަ އެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ދިވެހީން ބޭނުންވާ ތަރައްގީ ހޯދުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތް ކާމިޔާބުވުމަށް އެ ކޯލިޝަނުން އެދޭ ކަމަށެވެ.

"އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި މި ކޯލިޝަންގެ އެންމެހާ މެންބަރުން އެމަނިކުފާނާއެކު ސާބިތުވެ ތިބޭނެ ކަމުގެ ޔަގީންކަން މިފުރުސަތުގައިވެސް އަރުވަން،" ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުއިއްޒު ތުރުކީވިލާތް އަދި ކޮޕް28 ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީއަށް ކުރެއްވި ދަތުރުފުޅުގައި އެކި ގައުމުތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވާ އެގައުމުތަކާއި ރާއްޖެއާއި ދެމެދު އޮތް ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމުގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރައްވާފައިވާކަން ނޫސްބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ތުރުކީވިލާތުގެ ވެރިންނާއި ކޮޕް28 ކޮންފަރެންސްގެ ހަވާސާގައި އެކި ގައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގެވުމުގައި އެގައުމުތަކުގެ އެހީތެރިކަން ހޯދުމަށް މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނުކަން އެ ކޯލިޝަނުން ފާހަގަކުރެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910